ads
ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ - ސަން ފޮޓޯ/މުހައްމަދު ހައްޔާން
ސިވިލް ސާވިސް މުވައްޒަފުން މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.
Advertisement

ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަންނަނީ މާދަމާއިން ފެށިގެންނެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާާ ޖޮބް މެޓްރިކްސްގައި ވަނީ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ހިމަނާފައެވެ. 

އޭގެތެރޭގައި، ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.

މިއަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަަން ރައީސް މުއިއްޒު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ރައީސް މުއިއްޒު ވިދާޅުވީ މުސާރަ ބޮޑުކުރަނީ ހުރިހާ މަގާމެއްގެ މުސާރަ އެއްހަމަކުރުމުގެ ގޮތުންނެވެ. 

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުންވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސާރައަށް މި އަހަރު ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް