ads
ވެލާނާގެ
އިތުރު ގަޑި ލިބޭނީ އޮފީހުން ބޭރުގައި އުޅުނު ވަގުތު ކަނޑާ 8 ގަޑިއިރު ހަމަކުރުމުން
އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ޕޭ ފްރޭމްވާކްގެ މިންގަނޑުތަކަށް ބަދަލު ގެނެސްފިއެވެ.
Advertisement

މި ބަދަލު ގެނެސްފައި މިވަނީ މާދަމާއި ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާ މުސާރަތައް އިއުލާންކޮށްފައި ވަނިކޮށެވެ. 

އިތުރު ގަޑީގައި ދޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ކަމަށް ބުނެ ގެނައި ބަދަލުތައް ބުނާގޮތުން އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާނަމަ، އެ ހޭދަކުރި ވަގުތު އެ ދުވަހުގެ މަސައްކަތުގެ 8 ގަޑިއިރު ގުނުމުގައި ހިމަނައިގެން ނުވާނެކަމަށް ވަނީ ބުނެފައެވެ. 

ހަމައެކަނި އަމިއްލަ ވަގުތު ނޫންކަމަށް ބެލޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަގުތުތައްކަމަށް އެ ބަދަލުތަކުގައިވެއެވެ. އެއީ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށްދޭ ވަގުތުތަކެވެ. އެ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެކަމަށް ވަނީ ބުނެފައެވެ.

އަލަށް ގެނައި ބަދަލުގައި ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ ދުވަސްތަކެއް ވެސް ވަނީ ކަނޑައަޅާފައިވެއެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް މަސައްކަތްކުރާ ދުވަސްތަކާއި މި ނިމޭ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތައްކަންވެސް މި ބަދަލުގައި ވަނީ ހިމަނާފައެވެ. 



0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް