ads
މިއަދުން ފެށިގެން ލަންކާގައި ކޮތަޅަށް އަގު ނަގަނީ
ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންްވަރު މަދުކުރުމުގެ ގޮތުން، ލަންކާ ސަރުކާރުން ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ނިންމައިފި އެވެ.
Advertisement

ލަންކާ ސަރުކާރުގެ ކޮންސިއުމާ އެފެއާޒް އޮތޯރިޓީ (ސީއޭއޭ) އިން ބުނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން މިއަދުން (1 ނޮވެމްބަރު 2025) ފެށިގެން ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު އަދި ކޮންޓެއިނަރު ގަންނަން މަޖުބޫރުވާނެ ކަމަށެވެ. 

އާ އުސޫލުގެ ދަށުން "ސިލީ ބޭގް" ގެ ނަމުން މަޝްހޫރުވެފައިވާ ކުދި ޕްލާސްޓިކް ކޮތަޅުތައް ހިލޭ ދެން ނުލިބޭނެ އެވެ. ރީޓެއިލަރުން ގަންނަ ކޮންމެ ކޮތަޅެއް ނުވަތަ ކޮންޓެއިނަރަކަށް ކަސްޓަމަރުންގެ އަތުން ޗާޖު ކުރާނެ އެވެ. އަދި ކުރާ ޗާޖު ނުވަތަ ކޮތަޅުތަކުގެ އަގު ސާފުކޮށް ފެންނަހެން ވިޔަފާރި ކުރާ ތަންތަނުގައި ބެހެއްޓުމަށް ވަނީ އަންގާފަ އެވެ. މިހާރު ލަންކާ ފިހާރަ ތަކުގައި ހުރި ނޯޓިސްތަކުން ކުޑަ ކޮތަޅެއް 3 ރުޕީޒް އަދި ބޮޑު ކޮތަޅަކުން 5 ރުޕީޒްގެ ފީ އެއް އަންނަނީ ނަގަމުން ނެވެ.

ފައިސާ ސަލާމަތް ކުރުމަށާއި ޕްލާސްޓިކް ތަގައްޔަރުވުން ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މި ބަދަލު ގެނައުމުގެ ކުރިން އަލުން ބޭނުންކުރެވޭ ކޮތަޅުތަކާއި ކޮންޓެއިނަރުތަކަށް ބަދަލުވުމަށް ލަންކާ ސަރުކާރުން ވަނީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. 

މި ބަދަލުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ވެށީގެ ހިމާޔަތުގައި މަސައްކަތް ކުރުމަށް ހިތްވަރުދީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުން ދުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުވުމަށް ހިތް ވަރު ލިބޭނެ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ. 

ނަމަވެސް ލާންކާ ސަރުކާރާ ވާދަވެރި ފަރާތްތަކުން ބުނަމުން އަންނަނީ މި ބަދަލަކީ "ކޮތަޅު" ސަރުކާރުން ރައްޔިތުން "ފެލަން" ކުރާ ކަމެއް ކަމަށާއި ސަރުކާރުގެ އާމްދަނީ އިތުރުވުން ނޫން ކަމެއް މިކަމުން ސާފު ނުވާ ކަމަށެވެ.

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގާނޫނުތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ވެސް އަންނަނީ އަމަލުކުރަމުން ނެވެ. އެންމެ ބޮޑު ބޭނުމަކީ ދައުލަތަށް އާމްދަނީ ހޯދަން "ޓެކްސް" ނެގުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް