ads
ދިވެހި ދައުލަތުން ދެއްވާ މަތިވެރި އިއްޒަތް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެރުވުމުގެ ތެރެއިން
ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދެނީ
ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ނިންމާ އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
Advertisement

އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލިހަށް ހުށައެޅީ މިދިޔަ ބުރާސްފަތިދުވަހުއެވެ. 

އާ ބަޖެޓްގައި ވަނީ  ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އަންނަ އަހަރުން ފެށިގެން ހެލްތު  އިންޝުއަރެންސް ދިނުމަށް ހިމަނާފައެވެ. އެކަމަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހިނގާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މި އިންޝުއަރެންސް ކުރިޔަށް އޮތް ދެ އަހަރު ދިނުމަށް ނިންމާފައިވާކަމަށްވެސް ބަޖެޓް ފޮތުގައިވެއެވެ. 

މިއީ ދައުލަތުން އިއްޒަތް އެރުއްވި ބޭފުޅުންނަށް މިފަދަ އިނާޔަތެއް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ.

ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަތިވެރި އިއްޒަތް އެރުވި 24 ބޭފުޅަކާއި އިއްޒަތް އެރުވި 14 ބޭފުޅެކެވެ. ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް އަރުވާފައި ވަނީ މައުމޫން އަބްދުލްގައްޔޫމަށް އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް