ads
އެމްއެލްއެސްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ކޯޓުން އެންގުމުން އެމްއެލްއެސްޑީޕީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނިންމުން ބަދަލު ކުރުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.
Advertisement

އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަންސްއިން ހުއްދަ ދިނީ 2018 ވަނަ އަހަރު އެވެ. ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް އިން އިއުލާނު ކުރީ 15 މާޗު 2023 ގަ އެވެ.

އީސީއިން އޭރު ބުނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ.

ނަމަވެސް އެ މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހު ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިނުވާކަމަށް އީސީއިން ނިންމި ނިންމުން ރިވިއުކުރުމަށާއި އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ހުކުމުގައި ކަނޑައެޅި " މިދިޔަ މަހު 30ގައި ގާޒީ ސިނާން އަލީގެ ހުކުމްގައި ވެއެވެ.

އެހެންވެ، އިލެކްޝަން ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.

އީސީގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް