ads
ސްކޭމް މެސެޖުތަކާއި ކޯލުތަކުން މީހުންގެ އަތުން ފައިސާ ފޭރިގަތުން ރާއްޖޭގައި ވަނީ އާންމުވެފައި
ސްކޭމްއިން ގެއްލުން 4ލައްކައަށް ވުރެން ގިނަ ރުފިޔާ ހޯދިފައިވޭ: ޕޮލިސް
މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ސްކޭމްގެ ސަބަބުން ގެއްލުން 477263.04 ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ މަހު އެކަނިވެސް 1287307.50 ރުފިޔާ ސްކޭމްއަށް ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 477263.04 ރުފިޔާ ކަމުގަ އެވެ. 

ފުލުހުން ހާމަ ކުރި ގޮތުގައި ސްކޭމްގެ 165 ކޭސް އެ އިދާރާ އަށް މިދިޔަ މަސްތެރޭގައި ލިބިފައިވާ އިރު އޭގެ ތެރެއިން 84 މައްސަލައެއްގައި ގެއްލުން ފައިސާ އެއްކޮށް ރިކަވާ ކުރެވިފައިވާ އިރު 33 މައްސަލައެއްގައި ގެއްލުނު ފައިސާގެ ބައެއް އަނބުރާ ހޯދިފައިވާ ކަމަށެވެ. 

ހުށަހެޅުން މައްސަލަތަކަށް ބަލާ އިރު އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވަނީ އީކޮމާސް އާއި ގުޅިގެން ކަމަށް ފުލުހުން ފާހަގަ ކޮށްފައިވެ އެވެ. 

އެ ގޮތުން އީކޮމާސް އާއި ގުޅޭ 86 މައްސަލައެއް، ކަރަންސީ އެކްސްޗޭންޖް އާއި ގުޅޭ 25 މައްސަލަ އެއް، އިންޕާސިނޭޝަންގެ 17 މައްސަލަ އެއް ޕިޝިންގް ވިޝިންގް އަދި ޖޮބް ސޭކްމްގެ 15 މައްސަލައެއްގެ އިތުރުން އެހެންނިހެން ކަންކަމާއި ހުށަހެޅިފައިވާ 22 މައްސަލަ އެއް މިދިޔަ އޮކްޓޫބަރު މަހު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލިހުން ބުނެ އެވެ.

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މަަންސަތަކަށް ބަލާ އިރު ފޯން ކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ޕިސިންގް ލިންކްސް އަދި ފޭސްބުކް މާކެޓްޕްލޭސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

އެކި ބާވަތްތަކުގެ ސްކޭމްތަކުން އެކި މީހުން އަތުން ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް ފޭރިގެންފައިވާކަމަށް މިދޔަ މަހު ފުލުހުން ވަނީ ބުނެފައި އެވެ.

އެއްވެސް މީހަކު ވަރަށް މުހިއްމު ބޭނުމެއް ޖެހިގެން ނަމަވެސް ފައިސާ ހޯދަން މެސެޖުކޮށްފިނަމަ އެ މެސެޖަށް ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެމީހަކަށް ސީދާ ގުޅުމަށްފަހު އެކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ސަބަބަކީ މީ ފަަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުން އަންނަ ގޮތްކަމަށް ވާތީއެވެ.

މީގެ އިތުރުން ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް