ފުލުހުން ބުނީ މި މައްސަލާގައި ދައުވާކުރަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ.
ފުލުހުން ބުނީ މީނާ އަތުލައިގަތީ މިދިޔަ ސެޕްޓެމްބަރު 4، ގައި އޭނާ ކަސްޓޯޑިއަލް އަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އަދި
އެ ރޭ އޭނާ ހިފަހައްޓައި ބަލައިފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުކަމަށާއި އެ ފުލުސް މީހާ ހައްޔަރުކުރުމާއި ގުޅިގެން އޭނާ ވާނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި ފުލުސް މީހާ ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.