މިގޮތުން 2007 ވަނަ އަހަރު އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރުމަކީ، މުސްތަގުބަލުގައި ދުޅަހެޔޮ، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް މަގުފަހިކުރާނެ ކަމެއް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވައެވެ.
މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި، ދުންފަތުގެ ނޭދެވޭ އަސަރުތަކުން ޒުވާން ކުޅުންތެރިން ސަލާމަތްވުމުން، އެ ކުޅުންތެރިންގެ ހުނަރު އެންމެ މަތީ ފެންވަރުގައި ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދުންފަތުގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރާ އަސަރުގެ ސަބަބުން، ޕްރެކްޓިސްތަކުގައި ފުރިހަމައަށް ބައިވެރިނުވެވޭއިރު، މި އިސްލާހާއެކު އެ ހުރަސްތައް ނެތިގެންދާނެއެވެ. އަދި ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާތަކުން އަވަހަށް ރަނގަޅުވުމަށްވެސް މިއީ ލިބޭނެ އެހީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއީ ދިގު މުއްދަތަށް ބަލާއިރު، ދިވެހި ކުޅިވަރުގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތަކުންވެސް މިކަމަށް ތާއީދުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުޅިވަރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޭނުންވާވާ މުއްދަތު މިހާރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.