ads
ޝާހުރުކްހާން އަދި ކާޖަލް
ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔޭންގޭ: ބޮލީވުޑްގެ ރޮމޭންޓިކް ރަސްގެފާނު
ބޮލީވުޑްގެ ރޮމޭންޓިކް ފިލްމުތަކުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު، ޝާހްރުކް ހާން އާއި ކާޖަލްގެ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔޭންގޭ" އަކީ އެ ގެ އެންމެ ކުރީގައި އޮންނަ ނަމެކެވެ.
Advertisement

މިގޮތުން 1995 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ، އިންޑިއާގެ ސިނަމާއަށް އިންގިލާބީ ބަދަލެއް ގެނައި ފިލްމެކެވެ. އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް، މި ފިލްމުގެ މަގުބޫލުކަމަށާއި އޭގެ އަސަރަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ.

މި ފިލްމު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ފާހަގަވެގެން ދިޔައީ ހަމައެކަނި އޭގެ ވިޔަފާރީގެ ކާމިޔާބީގެ ސަބަބުންނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އެ ފިލްމުން ދައްކުވައިދިން ލޯބީގެ ވާހަކަ އާއި އާއިލީ ގުޅުމުގެ މުހިންމުކަމުންނެވެ. "ރާޖް" އާއި "ސިމްރަން" ގެ ލޯބީގެ ވާހަކައަކީ އެތައް ޖީލެއްގެ ހިތްތަކާ ކުޅެލި ވާހަކައެކެވެ. އެ ފިލްމުގެ ސަބަބުން ބޮލީވުޑްގައި ރޮމޭންޓިކް ފިލްމުތައް އުފައްދާ ގޮތް ބަދަލުވެ، އޭގެ ފަހުން އައި އެތައް ފިލްމަކަށް އޭގެ އަސަރު ފޯރާފައިވެއެވެ.

"ދިލްވާލޭ" ގެ ހިތްގައިމު މަންޒަރުތަކާއި، އަސަރުގަދަ މިއުޒިކާއި، ޝާހްރުކް ހާން އާއި ކާޖަލްގެ މޮޅު އެކްޓިންގެ ސަބަބުން، މިއަދާ ހަމައަށްވެސް އެއީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެކެވެ. އާ ޖީލުތަކުންވެސް މި ފިލްމު ބަލައި، އޭގެ އަސަރުގައި ޖެހޭކަން ފާހަގަކުރެވެއެވެ. އެހެންކަމުން، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖަޔޭންގޭ" އަކީ ހަމައެކަނި ފިލްމެއް ނޫނެވެ. އެއީ ބޮލީވުޑްގެ ރމޭންސްގެ ތާރީހުގައި ފަނޑުވުމެއްނެތް "ލެޖެންޑެކެވެ."

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް