ads
އިމްރާން ހާޝިމީ
އާރިޔާން މަޝްހޫރުވީ ސްކްރިޕްޓުގައި ނެތް ސީންއަކުން: އިމްރާން ހާޝިމީ
އާރިއަން ހާންގެ "ދަ ބޭޑްސް އޮފް ބޮލީވުޑް" ވެބް-ސީރީޒްގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ސީންއަކީ ސްކްރިޕްޓްގައި ހިމެނިފައިވާ އެއްޗެއް ނޫންކަމަށް އެކްޓަރު އިމްރާން ހާޝްމީ ހާމަކޮށްފިއެވެ.
Advertisement

މި ސީންއަކީ ޝޫޓިންގްގެ ތެރެއިން އޭނާއާއި އެކްޓަރު ރާގަވް ޖުޔާލް އަމިއްލައަށް އިތުރުކުރި އެއްޗެއްކަމަށް އިމްރާން ބުންޏެވެ.

އިމްރާން ހާމަކުރި ގޮތުގައި، މި ސީންއަކީ ޝޫޓިންގް ކުރިއަށް ދަނިކޮށް އުފެދުނު ހިޔާލެކެވެ. މިއީ ސްކްރިޕްޓްގައި ހިމެނިފައި ނެތް ކަމެއްކަމުން، އެކަން ޑައިރެކްޓަރު އާރިއަން ހާންއާ ހިއްސާ ކުރުމުން އެކަމަށް އޭނާ ހިތްވަރު ދިން ކަމަށް އިމްރާން ބުންޏެވެ. މި ސީން ވައިރަލް ވުމުގެ މައިގަނޑު ސަބަބަކީ އެއީ އާދަޔާ ހިލާފު، ކުއްލި ގޮތަކަށް އުފެއްދި އުފެއްދުމަކަށް ވުންކަމަށް އެނާދެކެވެ. 

މި ސީންއާ ގުޅޭގޮތުން އިމްރާން އިތުރަށް ބުނީ، މި ހިޔާލު ޝާހްރުކް ހާންއަށްވެސް ވަރަށް ކަމުދިޔަ ކަމަށެވެ. މިއީ ޝޫޓިންގް ސެޓްތަކުގައި އެކްޓަރުންނާއި ޑައިރެކްޓަރުން މަސައްކަތްކޮށްގެން އުފެއްދުންތެރިކަން އިތުރުކުރާ ދައްކުވައިދޭ ހާދިސާއެކެވެ. "ދަ ބޭޑްސް އޮފް ބޮލީވުޑް" އަކީ އާރިއަން ހާންގެ ފުރަތަމަ ޑައިރެކްޓްކުރާ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް