ads
ރައީސް ނަޝީދު
މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫން: ރައީސް ނަޝީދު
މާލެ އަކީ ވަކި ބައެއްގެ ރަށެއް ނޫން ކަމަށާއި، މާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައީ ރާއްޖޭގެ އެކި ހިސާބުތަކާއި ހާރިޖީ ގައުމުތަކުގެ މީހުން ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނުގެ "ކިލާ މާލެ" ފޮތުގައި ވެސް މި މައުލޫމާތުތައް ހިމަނުއްވާފައިވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. މާލޭގެ ބިމުގެ ބަހުސް ހިނގަމުންދާ ދަނޑިވަޅެއްގައި އެމަނިކުފާނު ވަނީ މާލޭގެ ތާރީހީ އާބާދީއަށް އަލިއަޅުވާލައްވާފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، 1750 ގެ އަހަރުތަކުގައި މާލޭގެ އާބާދީއަށް ބެލި ނަމަވެސް ފެންނާނީ މާލޭގައި ގިނައިން ދިރިއުޅެނީ ރާއްޖޭގެ އެކި ރަށްރަށުގެ މީހުންނާއި ސަރަހައްދީ ގައުމުތަކުގެ މީހުން ކަމަށެވެ. 

އެގޮތުން ބާބުރުން، މަލާބާރީން، އަދި ތުރުކީ މީހުން ފަދަ ބޭރުގެ މީހުން އެ ދުވަސްވަރު ވެސް މާލޭގައި ދިރިއުޅުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އައްޑޫ ސިއްކަގެ އާއި ކެލާ އެދުރު ކަލޭފާނު ގޯތި ފަދަ ނަންނަމަކީ މާލޭގައި އެކި ރަށްރަށުގެ މީހުން ދިރިއުޅުނު ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ "ވެށިފަހި މާލެ" ޕްރޮގްރާމް ކަމަށް ވެސް ރައީސް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ މާލޭ މީހުންނަށް ވެސް ރާއްޖޭގެ އެހެން ރަށްރަށުން ބިން ލިބޭނެ ގޮތް ހެދުމަކީ ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް