ads
ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން
ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އއ. އުކުޅަސްގައި ހިންގި މި ކޯސް ފުރިހަމަ ކުރި 13 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރި އެވެ. 

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ  މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ. 

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ހާމަ ކުރެ އެވެ. 

your imageގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ތެރެއިން

މި ޕްރޮގްރާމްގެ މަގްސަދުގެ ތެރޭގައި ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި ސްކޫލް މަރުހަލާ ނިންމާފަ ނުވަތަ ތަފާތު އެކި ސަބަބުތަކާއި ހުރެ ސްކޫލް މަރުހަލާ ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހާއްސަ ހުނަރެއް ދަސްކޮށްދިނުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރެއް ހުޅުވައިދީކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

އަދި އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް