ads
މާމައާއެކު ބްލޫ އައިވީ އެންޖެލް ބޯލްގައި
މާމައާއެކު ބްލޫ އައިވީ އެންޖެލް ޕާޓީއަކަށް
މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ދަރިފުޅު ބްލޫ އައިވީ ކާޓާ، ނިއު ޔޯކް ސިޓީގައި ބޭއްވި 2025 ވަނަ އަހަރުގެ އެންޖެލް ބޯލްގައި އޭނާގެ މާމައާއެކު ބައިވެރިވެ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
Advertisement

މި ހަފްލާއަށް އޭނާ ގޮސްފައިވަނީ އޭނާގެ މާމަ، ޓީނާ ނޯލްސްއާ އެކުގައެވެ. ބްލޫ އައިވީގެ ސްޓައިލިޝް ހެދުމާއި ފެޝަނަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

މި ޗެރިޓީ ހަފްލާއަކީ ފިލާންތްރޮޕިކް މަސައްކަތްތަކަށް ފަންޑު ހޯދުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. ބްލޫ އައިވީ މި ހަފްލާގައި ބައިވެރިވީ އޭނާގެ މާމައަށް ސަޕޯޓު ދިނުމުގެ ގޮތުންނެވެ. ހަފްލާގައި ބިޔޯންސޭ ބައިވެރި ނުވި ނަމަވެސް، އޭނާގެ މަންމަގެ މަސައްކަތަށް އޭނާ ވަނީ ފުރިހަމަ ތާއީދު ދީފައެވެ.

ބިޔޯންސޭ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށް، އޭނާގެ މަންމަ، ޓީނާގެ ހެޔޮ މަސައްކަތްތައް ފާހަގަކޮށްފައެވެ. މި ޕޯސްޓުގައި އޭނާ ވަނީ އޭނާގެ އާއިލާއިން މިފަދަ ހެޔޮ ކަމެއްގައި ބައިވެރިވާތީ ފަހުރުވެރިވާކަން ހާމަކޮށް، މި ހަފްލާގެ މުހިންމުކަން އޭނާގެ ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް