ads
މާލެ ސިޓީ
މާލޭގައި ގެއެއްގެ ސިޑިގޮޅިއަށް މީހަކު ވެއްޓި މަރުވެއްޖެ
މާލޭގައި، ގެއެއްގެ ހަ ވަނަ ބުރިން، އެ ގޭ ވައި ގޮޅިއަށް މީހަކު ވެއްޓުނު ކަމަށް ބުނާ މީހަކު މަރުވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ރޮޓަންއެވެ.

އެ މީހާ ވެއްޓެން ދިމާވި ސަބަބަކާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވައިގޮޅިއަށް މީހަކު ވެއްޓި މިއަދު މަރުވި އިރު މިމަހުގެ ފުރަތަމަ ދުވަހު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު އަށެއްގެ 14 ބުރިން މީހަކު ވެއްޓި މަރުވެފަ އެވެ. އުމުރުން 33 އަހަރުގެ އެ ޒުވާނާ ވެއްޓުނު ސަބަބެއް އަދި ވެސް ކަމާ ގުޅޭ އެއްވެސް ފަރާތަކުން މީޑިއާ އަށް ހިއްސާކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް