އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އެ ސަރަހައްދުގައި ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާ އިރު އެ ކަމަށް އުދަނގޫވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް 30 އޮކްޓޫބަރު 2025 ގައި އިއުލާނު ކުރެވިފައިވާ ކަމުގަ އެވެ.
އަދި އެ ބިން ހިއްކުމުގެ މަސައްކަތް ނިމެދެން އެ އުޅަނދުތައް އެޅުމަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހުޅުވާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އުޅަނދުތައް ތިލަފުށީގައި ބެހެއްޓޭނެ ސަރަހައްދު
އެ ގޮތުން ސަފަރީ ތައް އެޅުމަށް ކ.ގުޅީފަޅާއި ކ.ކުޑަގިރި އަދި ކ.ތިލަފުށީގެ ފަޅުތެރޭއިން ވަކި ސަރަހައްދެއް ފާހަގަކޮށް ޗާޓެއް ނެރެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި އެ ޗާޓުގައި ދޯނިފަހަރު އަދި އެހެންވެސް އުޅަނދުތައް އެޅުމަށް ކ.ގުޅީފަޅާއި ކ. ތިލަފުށީގެ ފަޅުތެރެއިން ވަކި ސަރަހައްދެއް ފާހަގަ ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައި އެވެ.
ގުޅީފަޅުގައި އުޅަނދު ބެހެއްޓޭނެ ސަރަހައްދު
އެޗްޑީސީން އިތުރަށް ބުނި ގޮތުގައި 6 ނޮވެމްބަރު 2025 ގެ 00:00ގެ ކުރިން އެ އުޅަނދުތައް ނަގާ އެ ސަރަހައްދަށް ބަދަލު ކުރުމަށް އެދޭ ކަމުގަ އެވެ.
ކުޑަގިރީގައި އުޅަނދު ބެހެއްޓޭނެ ސަރަހައްދު
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުން އަދި އެ އުޅަނދުތައް ގެންގުޅޭ ފަރާތަކުން ދެއްވާ އެއްބާރުލުމަށް ސުކުރު ދަންވާފައި އެވެ.