އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޗޭނީ އަވަހާރަވީ ނިއުމޯނިއާ އާއި ހިތުގެ ބަލިތަކުގެ އުނދަގޫތައް ބޮޑުވެގެންނެވެ. އޭނާ އަވަހާރަވިއިރު އާއިލާގެ މެންބަރުން އަރިހުގައި ތިއްބެވި ކަމަށް އެ ބަޔާނުގައިވެއެވެ.
ޗޭނީ އަކީ، ހާއްސަކޮށް ސެޕްޓެމްބަރު 11، 2001 ގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެމެރިކާގެ ގައުމީ ސަލާމަތީ ސިޔާސަތުތައް ބައްޓަންކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ޗޭނީ ވަނީ 2001 އިން 2009 އަށް ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ 46 ވަނަ ނައިބު ރައީސްގެ މަގާމު ފުރުއްވާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އެމެރިކާގެ ފަހުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ އެއް ނައިބު ރައީސެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ޑިފެންސް ސެކްރެޓަރީ އާއި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ޗޭނީގެ ސިޔާސީ ހަޔާތްޕުޅަކީ ވަރަށް ގިނަ ހިޔާލުތަފާތުވުންތައް ހުރި ދިރިއުޅުމެކެވެ. ހާއްސަކޮށް، އިރާގާއި އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގައި އޭނާ އަދާކުރެއްވި ދައުރާ ގުޅޭގޮތުން ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. މީގެ އިތުރުން، ރިޔާސީ ބާރުތައް ކުރުމަށާއި، މީހުންނާ ސުވާލުކުރުމާއި ސާވޭލަންސް ހިންގުމުގައި ބޭނުންކުރި ހަރުކަށި އުސޫލުތަކަށް އޭނާ ހިމާޔަތްކުރެއްވުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަންކަމެވެ.