ads
އަޔާސޭ ހާރުކާ އޭނާގެ ލޯބިވެރިއާއެކު
އަޔާސޭ ހާރުކާ އަށްވުރެ 11 އަހަރު ހަގު ކުއްޖަކާ ޑޭޓްކުރަނީ
ޖަޕާނުގެ މަޝްހޫރު އެކްޓްރެސް އަޔާސޭ ހާރުކާ، އޭނާއަށް ވުރެ 11 އަހަރު ހަގު ލަވަކިޔުންތެރިޔަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ޖަޕާނުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުން އަޔާސޭ ރައްޓެހިވެގެން އުޅެނީ "ސިކްސްޓޯންސް" ބޭންޑުގެ ލަވަކިޔުންތެރިޔާ ޖީއާ އެވެ.

މި ހަބަރު ފެތުރިގެން ދިޔައީ ޖަޕާނުގެ ޓެބްލޮއިޑް ރިޕޯޓަކާ ގުޅިގެންނެވެ. މި ހަބަރާއެކު ދެ ފަންނާނުންގެ ސަޕޯޓަރުންގެ މެދުގަ އާއި މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އެއީ ދެމީހުންގެ އުމުރުގައި 11 އަހަރުގެ ފަރަގެއް ހުރުމުންނާއި، ދެ ފަންނާނުންނަކީ ވެސް ވަރަށް މަޝްހޫރު ދެ މީހުން ކަމަށް ވާތީއެވެ.

ޖަޕާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ތަރިންގެ ލޯބީގެ ގުޅުންތަކުގެ ހަބަރުތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބި، އެކަމާ ގުޅޭގޮތުން ގިނަ ބަހުސްތަކެއް ކުރެވޭ ކަމެކެވެ. އަޔާސޭ އާއި ޖީގެ މި ގުޅުމުގެ ހަބަރާއެކު ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް