ads
ސ. އަތޮޅު ސްކޫލުގައި އޮފީސް އިމާރާތެއް ހެދުން އެމްޓީސީސީއަށް ހަވާލުކުރުމުގެ ތެރެއިން
ސ. އަތޮޅު ސްކޫލުގައި އޮފީސް އިމާރާތެއް ހަދަން އެމްޓީސީސީއަށް
އައްޑޫ ހުޅުމީދޫގެ ސ. އަތޮޅު ސްކޫލްގައި އޮފީސް އިމާރާތެއް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މިހާރު އައްޑޫ އަދި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރުމަށް ބޭއްވި މި ރަސްމީޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދު އަދި  އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ، 6630 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެ ކަމަށާއި މިއިން ކޮންމެ ފަންގިފިލައެއްގައި 3315 އަކަފޫޓު ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މި މަޝްރޫއަކީ 8.90 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ފާހަގަ ކުރެ އެވެ.

5500 މީހުންގެ އާބާދީއެއް އޮންނަ އައްޑޫ ހުޅުމީދޫ އަކީ ސ. އަތޮޅު ސްކޫލް ހުންނަ ރަށެވެ. މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ސ. އަތޮޅު ސްކޫލްގެ އިދާރީ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ ތައުލީމީ ޖީލެއް ބިނާ ކުރުމަށް އައްޑޫ ހުޅުމީދޫ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް