ads
އިޒްރޭލު ޖަލުތަކުގަ ތިބި ފަލަސްތީނު ރައްޔިތުން
ނޮވެމްބަރު މަހުގެ ނިޔަލަށް 9،250 ފަލަސްތީނު މީހުން އިޒްރޭލު ޖަލުތަކުގަ
އިޒްރޭލުގެ ބަންދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 9،250 އަށް އަރައިފި އެވެ.
Advertisement

މިއީ ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތެވެ.

އެ ޖަމާއަތްތަކުން ބުނި ގޮތުގައި، ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އިދާރީ ގޮތުން ބަންދުކޮށްފައިވާ މީހުންނެވެ. އަދި މި އަދަދުތަކުގެ ތެރޭގައި އިޒްރޭލުގެ އަސްކަރީ ކޭމްޕުތަކުގައި ބަންދުކޮށްފައިވާ މީހުން ނުހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި 350 ކުޑަކުދިންނާއި 49 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން، ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ 1،242 މީހަކު ވެސް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އެ ރިޕޯޓުތަކުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް