އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ އުފެއްދުންތެރި އިކޮނޮމީއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ސަފުހާއެކެވެ.
ރާއްޖެއިން ބައިވެރިވެފައިވަނީ އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާ ބެހޭ އިންޓަނޭޝަނަލް މުއާހަދާ، 'ދަ ބާން ކޮންވެންޝަން' ގައެވެ.
މި ފިޔަވަޅަކީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީގެ ހިއްސާ 15 ޕަސަންޓަށް އިތުރުކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން، ފިކުރީ މުދަލުގެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތުން އެކަށީގެންވާ އުޖޫރައެއް ލިބޭނެ މަގުފަހިކުރުމަކީ ވެސް މީގެ މުހިންމު ބޭނުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.