ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ފޮޓޯ: ރޮއިޓާސް
އެމެރުކާގެ ސަރުކާރު ބަންދުކޮށްފައި އޮންނަތާ 36 ދުވަސް ވެއްޖެ
އެމެރިކާގެ މައި ސަރުކާރު ބަންދުކޮށްފައި އޮންނަތާ ބުދަ ދުވަހަށް 36 ދުވަސް ވެއްޖެއެވެ.
Advertisement

މިއީ އެގައުމުގެ ތާރީހުގައިވެސް ސަރުކާރު ބަންދުކޮށްފައި އޮތް އެންމެ ދިގު މުއްދަތެވެ. މީގެ ކުރިން އެންމެ ދިގު ޝަޓްޑައުން ރެކޯޑުވެސް އޮތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ. ސަރުކާރު ހުޅުވުމާ ގުޅޭގޮތުން ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، ދެ ފަރާތުން ވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަމުންނެވެ.

މި ޝަޓްޑައުންގެ ސަބަބުން އާންމު އެމެރިކާ ރައްޔިތުންނަށް ދަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ކާބޯތަކެތީގެ އެހީއަށް ބަރޯސާވާ 42 މިލިއަނެއްހާ މީހުންނަށް އެހީ ނުލިބުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، ހެލްތު އިންޝުއަރެންސްގެ އަގުތައް ވަނީ ބައެއް ހިސާބުތަކުގައި 300 ޕަސަންޓާ ހަމައަށް އުފުލިފައެވެ. މީގެ އިތުރުން، އެތައް ހާސް އެއާ ޓްރެފިކް ކޮންޓްރޯލަރުން މުސާރަ ނުލިބި މަސައްކަތް ކުރާތީ އެގައުމުގެ އެއާޕޯޓުތަކުގެ ހިދުމަތްތަކަށްވެސް ދަނީ ބުރޫ އަރަމުންނެވެ.

ސަރުކާރު އަލުން ހުޅުވުމަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޑިމޮކްރެޓުން ބޭނުންވަނީ އެފޯޑަބަލް ކެއާ އެކްޓް (އޭސީއޭ) އިތުރުކުރުމަށެވެ. ނަމަވެސް ރައީސް ޓްރަމްޕާއި ރިޕަބްލިކަނުން ބުނަމުންދަނީ ސަރުކާރު ހުޅުވުމުގެ ކުރިން އެއްވެސް ބަދަލެއްގެންނަން ތައްޔާރު ނޫން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސިޔާސީ ލީޑަރުންގެ މެދުގައި އެއްވެސް މަޝްވަރާއެއްވެސް އަދި ނުހިނގާއިރު،  ދެ ޕާޓީގެ އާންމު މެންބަރުން މައްސަލައިގެ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް