ads
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
އައްޑޫ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް އެމްޓީޑީސީ އަށް
އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ހިންގަން ހަމަޖެހިފައިވާ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކޮށްފި އެވެ.
Advertisement

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.

އެއީ 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

އަންނަ މަހުގެ 31 ގައި ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ހުރިހާ ކަމަކުން ވެސް ވަޒީފާގެ ފުރުސަތުތައް އަންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް