ads
ސަރުކާރުން މިއަދު މަސައްކަތް ހަވާލުކުރި ކުންފުނިތަކާއި އެކު ފޮޓޯއެއްގައި ރައީސް ޑރ. މުއިއްޒު
މަސައްކަތް 21 ދުވަސްތެރޭ ފަށަން ޖެހޭ، ފައިސާ ބަރާބަރަށް ލިބޭނެ: ރައީސް
މިއަދު އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި ފައިސާގެ މައްސަލައެއް ނުޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުންވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ ތަރައްގީއާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ދުވަހެއްގައި ރާއްޖޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުކަމުގެ ތާރީހީ ރެކޯޑެއް ސަރުކާރުން މިއަދު ވަނީ ހަދާފައެވެ. 

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަދު 53 ކުންފުންޏަކާއި މަސައްކަތް ހަވާލުކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހު ކުންފުނިތައް ކޮޅަށް ޖެހި ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދާނެކަމަށެވެ. ރައީސްް މިއަދު ވިދަޅުވީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިއަދި މަސައްކަތް ހަވާކުކުރި ކުންފުނިތަކަށް ފައިސާފެ އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި އޮތްގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ކުންފުނިތަކަށް މަޖުބޫރުވާނެކަމަށެވެ. 

" އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގައި އެއްވެސް ކަހަލަ ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި މި ސޮއިކުރެވިގެން ދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ އަންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ. މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ. ކުރުމަށް މަޖުބޫރުވާނެ،" ރައީސް ވިދާޅުވިއެވެ.

your imageމިއަދު މަސައްކަތް ހަވާލުކުރި ބައެއް ކުންފުނިތައް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީހީ ދުވަހެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބުމުން އެ މަޝްރޫއުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން ލޮޖިސްޓިކް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން މިހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިގްތިސާދު ވަރަށް ބިޒީ ވެގެންދާނެ. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއަދު ސަރުކާރުން ހަވާލުކުރި 206 މަޝްރޫއު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅިކަމަށެވެ. އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެ އިން އެއްވެސް ކުންފުންޏަކުން މިއަދު ސޮއިކުރި މޭޒާ ހަމައަށް ވެސް ނާދެވުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް