ads
ތިނަދޫ ސިޓީގައި ވަގުފް އިމާރާތެއް ބިނާކުރަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ކުޅުދުއްފުށްޓާއި، އުތީމާ ހޮޅުދޫގައި އިސްލާމީ މަރުކަޒު އަޅަނީ
ހއ. ކުޅުދުއްފުށްޓާއި، ހއ. އުތީމާ ނ. ހޮޅުދޫގައި އިސްލާމީ މަރުކަޒު އަޅަން ދިވެހހި ކުންފުނިތަކާއި ހަވާލުކޮށްފިއެވެ.
Advertisement

އެ ކުންފުނިތަކާއި މި މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.  

މި ރަސްމިއްޔާތުގައި ވަނީ އިސްލާމިކް މިނިސްޓްޜިން ހިނަގްނ ނިންމާފައިވާ ބައެއް މަޝްރީއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ތިން ރަށެއްގައި އިސްލާމީ މަރުކަޒު އަޅަން ނިންމާ އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މިގޮތުން އިސްލާމީ މަރުކަޒު އަޅަން  ނިންމީ ހދ. ކުޅުދުއްފުށި ސިޓީއާއި ހއ. އުތީމާއި ނ. ހޮޅުދޫގައެވެ. 

ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުތަކަކީ 30 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

އިސްލާމީ މަރުކަޒުގެ އިތުރުން ބައެއް ރަށްރަށުގައި މިސްކިތްތަކާއި ވަގުފު އިމާރާތް އަޅަންވެސް މިއަދު ވަނީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. 

މިސްކިތް އަޅަން ހަވާލުކުރި ރަށްތައް 

  • ށ. ބިލެތްފަހި / (300 މީހުން ޖަގައިގެ)
  • ބ. ކަމަދޫ / (300 މީހުން ޖަގައިގެ)
  • ބ. ފެހެންދޫ / (300 މީހުން ޖަގައިގެ)
  • ބ. ފުޅަދޫ / (300 މީހުން ޖަގައިގެ)
  • ކ. ދިށްފުށި / (500 މީހުން ޖަގައިގެ)
  • އއ. ރަސްދޫ / (500 މީހުން ޖަގައިގެ) 
  • ދ. ދަނބިދޫ / (500 މީހުން ޖަގައިގެ) 
  • ވައިކަރަދޫ / (500 މީހުން ޖަގައިގެ ގުރުއާން ސެންޓަރަކާއި އެކު)

ވަގުދު އިމާރާތް އަޅަން ހަވާލުކުރި ރަށްތައް 

  • ގއ. ވިލިގިނލި 
  • ކުޅުދުއްފުށި ސިޓީ 
  • ގދ. ތިނަދޫ 

ދިވެހި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށެވެ. އަދި އެ ކުނފުނިތަކަށް ލިބެންޖެހޭ ފައިސާގެ މައްސަލައެއް ނުޖެހޭނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް