ސަރުކާރުންވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ ތަރައްގީއާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. އެ ދުވަހެއްގައި ރާއްޖޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުކަމުގެ ތާރީހީ ރެކޯޑެއް ސަރުކާރުން މިއަދު ވަނީ ހަދާފައެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ 12 ރަށެއްގައި 700 ހައުސިން ޔުނިޓް އެޅުމަށް ވަނީ އެކު ކުންފުނިތަކާއި އެކު ސޮއިކޮށްފައެވެ.
ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ރަށްތައް
ދިވެހި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ސަރުކާރު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށެވެ. އަދި އެ ކުނފުނިތަކަށް ލިބެންޖެހޭ ފައިސާގެ މައްސަލައެއް ނުޖެހޭނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.