ads
ޑްރަގް
ރިސޯޓު ތެޔޮ ވިއްކުމުގެ ތުހުމަތުގައި ހުޅުމާލެ އިން ފަސް ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ފަސް ބަންގްލަދޭޝް ރައްޔިތުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

ފުލުހުން ބުނި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި ހަރަކާތެއްގައެވެ.

މި މީހުން ހައްޔަރުކުރުމަށްފަހު، އެމީހުން ބޭނުންކުރި ދޯންޏަކާއި، ޑިންގީއަކާއި، ޕިކަޕެއް ވަނީ ބަލައިފާސްކޮށްފައި ކަމަށާއި މި ބަލައިފާސްކުރުމުގެ ތެރެއިން ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެކަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވެއެވެ

 ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ މީހުންނަކީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.

 މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް