ads
މިދިޔަ މަހު ވޭޕް ޖޫރިމަނާ 2 ލައްކަ 26 ހާސް ރުފިޔާ
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން މިދިޔަމަހު ކުރި ޖޫރިމަނާގެ އަދަދު 226،000 އަރާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ވޭޕް އެތެރެކުރުމާއި ގެންގުޅެގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކުރިކަމަށެވެ. އޭގެެތެރޭގައި ހިމެނެނީ ވޭޕް ގެންގުޅުނު 19 މީހުންނާއި ވޭޕް ބޭނުންކުރި 15 މީހެއްކަމަށް ފުލުހުން ބުނެެއެވެ. 

ވޭޕް ގެންގުޅުނު 19 މީހުން 104،000 ރުފިޔާއިން އިން ޖޫރިމަނާކުރިކަމަށް ފުލުހުން ބުނެއެވެ. އަދި ވޭޕް ވިއްކައިގެން 97،000 ޖޫރިމަނާގެ ގޮތުގައި އަރާފައިވާކަމަށް ފުލުހުން ބުނެއެވެ. 

ކަސްޓަމްސްއިން މީގެ ކުރިން ބުނެފައިވަނީ  ވޭފް ރާއްޖެއަށް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން ޖޫން 15ގެ ނިޔަލަށް 69 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. 

އެ ޖޫރިމަނާތަކުގެ އަދަދު 400،460،000 ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކުގެ ޖޫރިމަނާ 72.1 މިލިއަނަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް