ads
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް
ކޮޅުވެއްޓި ބަންޑުން ޖަހާލުން، ކެޕްޓަނަކީ ލައިސަންސް ނެތް މީހެއް، ދިނީ ނުބައި އިރުޝާދު
މިމަހުގެ ދެވަނަ ދުވަހު ކޮޅުވެއްޓި ބަންޑުން ޖްހާލިއިރު އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފިއެވެ.
Advertisement

އެމްޕީއެލް ބަނދަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. އޭއީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. 

އެ މައްސަލާގައި އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ހިންގާ ފާހަގަވި ކަންކަން ވަނީ އާއްމުކޮށްފައެވެ.  އެ ރިޕޯޓްގައިވާ ގޮތުން ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭގެ ކެޕްޓަނަކާސް ހުރި މީހާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް އެމްޕީއެލް ރިޕޯޓްގައިވެއެވެ.  އަދި އޭނާ އެކްސްކަވޭޓަރު ހުރިތަން ބަދަލުކުރުވީ އެމްޕީއެލްގެ މުވައްޒަފުން އެ މަސަައްކަތް ނިންމައިލި ފަހުން ކަމަށް ތަހުގީގަށް އެނގިފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. 

" އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު" އެމްޕީއެލްގެ ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓްގޢިވާ ގޮތުން ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތެވެ. 

އެމްޕީއެލް އިން ބުނީ ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ވެފައިކަމަށް ރިޕޯޓްގައިވެއެވެ  އަދި އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބީ މަސައްކަތް ނިންމާލުމަށް ފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވުންމުންކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 

އެމްޕީއެލް ބަނދަރު ސަރަހައްދުން ބަންޑުން ޖަހާލީ " އައި އެންޑް ސީ ހަލީމާ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ  ބަންޑުން ޖަހާލީ ހައިމާކުތަކެއް އެއަށް ބަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް