ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

Advertisement
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މި މަހު 19 އަށް ބަޖެޓު ދިރާސާކޮށް ނިންމަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި 22 މެންބަރުން ތިއްބަވާނެ އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެންބަރުން
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
- މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރު
- ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
- ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުއްޣަފޫރު މޫސާ
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ހާމިދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
- އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
- ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު
- ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
- ތިނަދޫ ދާއިރާގެ މެންބަރު އުތުރު ސައުދުﷲ ހިލްމީ
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
- ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ
- ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު
- މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 40.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.