ads
މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމްއަށް
މެކްސިކޯގެ ރައީސްއަށް ޖިންސީ ގޯނާ ކޮށްފި
މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމްއަށް އާންމުންގެ ތެރެއިން މީހަކު ޖިންސީ ކޮށްފިއެވެ.
Advertisement

އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގައި ހުންނަ ނޭޝަނަލް ޕެލަސް ކައިރިން ރައީސް ޝެއިންބައުމް ހިނގާފައި ވަޑައިގަންނަވަމުން އާންމުންނާ ސަލާން ކުރައްވަމުން ދަނިކޮށެވެ. މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ އެމީހާ ވަނީ ފަހަތުން އައިސް ރައީސްގެ ކޮނޑުގައި އަތް އަޅުވާލުމަށްފަހު، ގަދަކަމުން އޭނާގެ މޫނަށް ދޮނެއް ދޭން މަސައްކަތްކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައެއް ހިސާބުތަކުގައި އަތްލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ރައީސް ޝެއިންބައުމްގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް