މި އަޑުތަކުގެ ސަބަބުން ސީރީޒްގެ ފޭނުންގެ މެދުގައި ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ރިޕޯޓުތައް ބުނާ ގޮތުގައި، ސީރީޒްގެ ޝޫޓިންގްތަކުގެ ތެރޭގައި ޑޭވިޑް ހާބާ ވަނީ މިލީއަށް ބުލީކޮށް، ދިމާކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އޮންލައިންކޮށް ފޭނުން ދަނީ މިކަމުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މި އަޑުތަކުގެ ސަބަބުން ސީރީޒްއަށާއި އެކްޓަރުންނަށް އޮތް އިހުތިރާމަށް އަސަރުކުރާ ކަމަށް ބުނަމުންނެވެ.
މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު، "ސްޓްރޭންޖާ ތިންގްސް" ގެ ފަހު ސީޒަންގެ ޕްރިމިއާގައި މިލީ އާއި ހާބާ ވަނީ އެކުގައި ފެނިގެން ގޮސްފައެވެ. ދެތަރިން ވެސް ވަރަށް ގާތް ގުޅުމެއްގައި ތިބިކަން ފާހަގަކުރެވުނުއިރު، މިއީ ފެތުރިފައިވާ އަޑުތަކަކީ ދޮގެއްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް ވެސް ބައެއް މީހުން ދެކެއެވެ. ނެޓްފްލިކްސްއިން ސީރީޒްގެ ޕްރޮމޯޝަންތައް ވަރުގަދަކޮށްފައިވާއިރު، މި އަޑުތަކުގެ ސަބަބުން ސީރީޒްގެ މަގުބޫލުކަމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.