ads
ފަލަސްތީނުގެ ހައްގުގައި ކުރާ މުޒާހަރާއެއް
ފަލަސްތީނު ސަޕޯޓަރުން ޕެރިހުގައި ބޭއްވި ޝޯއެއް ހުއްޓުވައިފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި އިސްރާއީލް ފިލްހާމޮނިކް އޯކެސްޓްރާއިން ބޭއްވި ޝޯއަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފްރާންސް ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ ޝޯ ކުރިއަށް ދަނިކޮށް، މުޒާހަރާކޮށް، ހޯލު ތެރޭގައި އަލިފާން ބުރުވާ ފަދަ ތަކެތި ބޭނުންކުރުމުން ކަމަށެވެ.

ކޮންޑަކްޓަރު ލަހާވް ޝާނީ އާއި ޕިއާނޯ ސާ އެންޑްރަސް ޝިފްގެ ހުށަހެޅުންތައް ހިމެނޭ މި ޝޯ ތިން ފަހަރެއްގެ މަތިން މެދުކަނޑުވާލާފައިވެއެވެ. ޝޯ ހުއްޓުވުމުގެ ސަބަބުން އޮޑިޓޯރިއަމް ތެރޭގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ. ޝޯ ބޭއްވުމުގެ ކުރިން ވެސް ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއި ފްރާންސްގެ ޕާފޯމިން އާޓްސް ޔޫނިއަނަކުން ވަނީ މި ޝޯ ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

ފްރާންސްގެ ކަލްޗަ މިނިސްޓަރު ރަޝީދާ ދާތީ ވަނީ މި އަމަލު ކުށްވެރި ކުރައްވައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ފްރާންސްގެ އަސާސީ އުސޫލެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވީ، ހޯލު ތެރޭގައި ހިނގި ސީރިއަސް ހަމަނުޖެހުންތަކަށް އެއްވެސް އުޒުރެއް ގަބޫލުނުކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް