ads
މޭގަން
ޕްރިންސަސް މޭގަން އާ ފިލްމުގައި ކުޅޭ ރޯލު ހާމަކޮށްފި
ޝާހީ އާއިލާއާ ދުރުވެ ހުންނެވި، ޕަރިންސަސް މެގަން މާކަލް، އެކްޓިންއަށް އެނބުރި އަންނާނެކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، އޭނާ ކުޅޭ ފިލްމުގައި އޭނާ ފެންނަ ރޯލު ހާމަކޮށްފިއެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި، މެގަން ފެނިގެންދާނީ ޑައިރެކްޓަރު ޖޭސަން އޯލީގެ "ކްލޯޒް ޕާސަނަލް ފްރެންޑްސް" ނަމަކަށް ކިޔާ ފިލްމުންނެވެ. މި ފިލްމުގައި އޭނާ ކުޅެނީ އޭނާގެ އަމިއްލަ ޝަހުސިއްޔަތު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ފިލްމަކީ ހޮލީވުޑްގެ ވަރުގަދަ ތަރިންތަކެއް ކަމަށްވާ ލިލީ ކޮލިންސް އާއި ބްރީ ލާސަން ވެސް ހިމެނޭ ފިލްމެކެވެ. މެގަން އެކްޓިންއަށް އެނބުރި އަންނަ ކަމުގެ ވާހަކަތައް އިތުރަށް ގަދަވެފައި ވަނީ، ޝާހީ ޒިންމާތަކުން ދުރުވެ، އާންމު ހަފްލާތަކުން ފެނުން މަދުވުމަށް ފަހު، ކުއްލި ގޮތަކަށް ޑޮޖާސް ގޭމަކުން ފެނުމާ ގުޅިގެންނެވެ.

ޝާހީ ދިރިއުޅުމުން އެކްޓިންއަށް މެގަން ކުރާ މި ދަތުރަކީ އޭނާގެ ހަޔާތުގެ އާ ސަފުހާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި ހުރުމަށް ފަހު އަލުން ހޮލީވުޑަށް ނުކުތުމަކީ ބޮޑު ބަދަލެއް ކަމަށް ވާއިރު، އޭނާގެ ކުރިމަގު އޮތް ގޮތެއް ބަލަން އޭނާގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް