ads
ރަންވީރު އަދި ދިޕިކާ ދަރިފުޅާއެކު
ދަރިފުޅު ލިބުމަށްފަހު ދީޕިކާގެ ފުރަތަމަ ފޮޓޯތައް އާންމުކޮށްފި
ބޮލީވުޑްގެ މަޝްހޫރު ި ދީޕިކާ ޕަ ޯން، އޭނަ އާއި ރަން ީރު ސިންގްއަށް ދަރިއަކު ލިބުމަށްފަހު ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއިން ފެނިލައިފިއެވެ.
Advertisement

މި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ގިނަ ބަޔަކު ދަނީ ދީޕިކާގެ އުޖާލާކަމަށް ތައުރީފުކޮށް، އޭނައަށް "ބޮލީވުޑްގެ އެންމެ އުޖާލާ މަލު" ގެ ނަން ދެމުންނެވެ.

ދަރިފުޅު ލިބުނު ފަހުން ދީޕިކާ ފެނިގެންދިޔައީ ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކުންނެވެ. މި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓްރެންޑް އެބަދެއެވެ. ދީޕިކާގެ ސަޕޯޓަރުން އޭނަގެ ތައުރީފުކޮށްފައިވާއިރު، ގިނަ ފަރާތްތަކަކުން ވަނީ އޭނައަކީ ބޮލީވުޑްގެ އެންމެ "ގްލޯވިން" "އުޖާލާ" މަ ކަމަށް ސިފަކޮށްފައެވެ.

މަޝްހޫރު ޖޯޑުގެ ފޮޓޯތައް އާންމުވެފައިވީނަމަވެސް، ދީޕިކާ އާއި ރަން ީރު ވަނީ އެ ދެމީހުންގެ ދަރިފުޅުގެ ފޮޓޯތައް އަދި އާންމު ނުކުރުމަށް ނިންމާފައެވެ. ސަޕޯޓަރުން ދަނީ ދަރިފުޅު ކެތްމަދުވެފައި ތިބި ނަމަވެސް، އެ ދެމީހުންގެ ނިންމުމަށް އިހުތިރާމް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް