މި ފިލްމުގެ ޝޫޓިން އަންނަ 2026 ވަނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމަކީ ސަލްމާންގެ މަޝްހޫރު 'ޓައިގާ' ސީރީޒްގެ ފިލްމެއް ނޫން ކަމަށާއި މިއީ މުޅިން އާ، ބޮޑު އެކްޝަން ފިލްމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސަލްމާންގެ ފޭނުން ދަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
މި ފިލްމާ ގުޅޭ ގޮތުން އަޑުތައް ފެތުރިފައިވާ ގޮތުގައި، މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބާންސާލީ މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިގެން ހިނގައިދާނެ އެވެ. މި ދެ ތަރިން އެކުގައި މަސައްކަތް ކުރުމުގެ ހިޔާލާއެކު، މި ފިލްމާ މެދު އުފެދިފައިވާ އުންމީދު ވަނީ ވަރަށް ބޮޑުވެފަ އެވެ.