ހުޅުމާލޭ ބޮޑުމަގުގައި ހިނގި މި އެކްސިޑެންޓް ކާރެއް ވަނީ ފިހާރައެއްގެ ތެރެއަށް ވަދެގެން ގޮސްފައެވެ.
އެކްސިޑެންޓްގެ ފޮޓޯތައް އާއްމުވެފައިވާއިރު ފޮޓޯތަކުން ފެންނަނީ ރަތް ކުލައިގެ ކާރު މަގުގެ އެއް ފަރާތުގައި ހުރި ކެފޭއެއްގެ ތެރެއަށް ވަދެފައިވާ ތަނެވެ.
ކާރު ކޮންޓްރޯލް ނުވެގެން ގޮސް ވަދެފައިވަނީ އޮލިވް ޓްރީ ކިޔާ ކެފޭއެއްގެ ތެރެއަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަން ވަނީ އެނގިފައެވެ. އެހެންނަމްވެސް ކެފޭއަށާއި ކާރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.