ads
ދިރާގުން މީޑީއާނެޓް މެދުވެރިކޮށް ކުޅިވަރު ޗެނަލްތައް ބަލާލެވޭ ގޮތް ހަދައިފި
ދިރާގުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް، މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި އެވެ.
Advertisement

ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމަށްވާ ޕްރިމިއާ ލީގް، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް މި ހިދުމަތުގައި ވަގުތުން ބަލައިލެވޭނެ އެވެ.

ފުޓްބޯޅައިގެ އިތުރުން، ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 450 ރުފިޔާއަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއެކު ފައިސާ ދެއްކޭއިރު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ.

ދިރާގުން ބުނީ މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ޚިދުމަތް ކަމަށެވެ. އަދި މި ޕެކޭޖް އެކްޓިވޭޓް ކޮށްގެން 31 މެއި 2026ގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އަންނަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް