ads
އަލިފާންގަނޑު ނިއްވާލުމުގެ ތެރެއިން
ސ.މީދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިވާލައިފި
ސ.މީދޫ ކޯގަންނު ގަބުރުސްތާނު ކައިރީ އޮންނަ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
Advertisement
މި ހާދިސާގެ ރިޕޯޓް މިއަދު 10:48 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ.

މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 11:02 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
އިއްޔެ ސ.މީދޫ ވޭރާންޑު ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށް އިއްޔެ އެމްއެންޑީއެފްއިން ބުނެ އެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 17:28 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަކަމަށްވެސް އެމްއެންޑީއެފް އިން ފާހަގަ ކުރި އެވެ.

މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  17:45 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް