ads
188000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި
"އޮޕަރޭޝަން ކުރަންގި"ގެ ދަށުން 188000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް  "ކުރަނގި"ގެ ނަމުގައި ހޯމް މިނިސްޓްތީން އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. 

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 30ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވާކަމަށެވެ. އަދި މި މީހުން އުޅޭ ހުރިހާ ރަށެއްގައި އެ މަސައްކަތް ކުރަމުން އަންނައިރު  ރިސޯޓްތަކަށް ފުޅާކުރަން މަސައްކަތް ކުރާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި، ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އިހުސާން ވަނީ ކުރިން ވިދާޅުވެފަ އެވެ. ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން ނިމޭއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައިވާ ބިދޭސީން ކަމަށް ހެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް