މި ރިޕޯޓުން ހާމަވާ ގޮތުގައި، 2023 ވަނަ އަހަރު މި ދާއިރާއިން ބޭރުކޮށްފައިވާ ގްރީންހައުސް ގޭހުގެ މިންވަރު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރު ފެޝަން އަދި ދާއިރާއިން 944 މިލިއަން މެޓްރިކް ޓަނުގެ ގްރީންހައުސް ގޭސް ބޭރުކޮށްފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 7.5 ޕަސަންޓުގެ އިތުރުވުމެކެވެ. "ގްރީން" ފެޝަންއަށް އިސްކަންދީ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ދިރާސާއެއް ހާމަވެގެން އައުމަކީ، މި ދާއިރާއިން ތިމާވެއްޓަށްކުރާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ވެއްޓުމެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިހަ ގޭސް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޕޮލިއެސްޓާ ފަދަ ތަކެތި އުފެއްދުން އިތުރުވުމެވެ. ސަސްޓެއިނަބިލިޓީއަށް ކުރާ މަސައްކަތްތަކުގެ ފައިދާއަށް ވުރެ، ޕްރޮޑަކްޝަން އިތުރުވުމުގެ ސަބަބުން އަށް ކުރާ ނޭދެވޭ އަސަރު ބޮޑުވެފައިވާ ކަމަށް މި ރިޕޯޓުން ދޭހަވެއެވެ.