ads
ފްރާންސް ފުލުހުން ޝެއިން ރެއިޑްކުރުން
ކުޑަކުދިން ސިފަވާ ސެކްސް ޑޯޯލް ވިއްކައިގެން ޝެއިން ހޫނުފެނަށް
ދުނިޔޭގެ ފާސްޓް-ފެޝަން ބްރޭންޑް، ޝީންއަށް ފްރާންސްގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
Advertisement

އެގޮތުން، އެ ކުންފުނީގެ ތާޑްޕަޓީ ވެންޑަރުންގެ ފަރާތުން ކުޑަކުދިންނާ އެއްގޮތް ސިފައެއްގައި ހަދާފައިވާ ސެކްސް ޑޯލްތަކާއި ހަތިޔާރު ފަދަ ތަކެތި ވިއްކާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކުރިމަތިވެފައެވެ. އަދި ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ވެސް ދަނީ ކުރިމަތިވަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ފްރާންސްގެ ރެގިއުލޭޓަރީ އިދާރާތަކުން ދަނީ ޝެއިންއަށް ގިނަ ފިއްތުންތަކެއް ކުރިމަތިކުރުވަމުންނެވެ. މިކަމުގެ ސަބަބުން އެ ގައުމުގައި އެ ކުންފުނީގެ ވިޔަފާރިއަށް ބުރޫ އަރާ، ކުރިމަގު ވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ ފާސްޓް-ފެޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްގެ ހެއްކެކެވެ. ހާއްސަކޮށް ޔޫރަޕިއަން ޔޫނިއަން ފަދަ ބާޒާރުތަކުގައި، ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ޓްރާންސްޕޭރެންސީ އާއި، މަސައްކަތްތެރިންގެ ހައްގުތަކާއި، އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ވިޔަފާރި ކުރުމަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދީފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން، "އަލްޓްރާ-ފާސްޓް ފެޝަން" ގެ ވިޔަފާރި މޮޑެލްތަކުން ދުރުވާން މަޖުބޫރުވެ، ވިޔަފާރީގެ މައިދާނަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް