ads
ޗައިނާގެ އާ އެއާކްރާފްޓް ކެރިއަރު
ޗައިނާއަށް އާ އެއާކްރާފްޓް ކެރިއަރެއް
ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ އަސްކަރިއްޔާގެ ގޮތުގައި މިހާރުވެސް ގުނާލެވޭ ޗައިނާގެ ނޭވީއަށް މި އިތުރުވި އުޅަނދާއެކު، އެމެރިކާގެ އަސްކަރީ ބާރާ ކައިރިކުރުމަށް ޗައިނާއިން އެޅި އިތުރު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
Advertisement

މީގެކުރިން ޗައިނާއިން ބޭނުންކުރި ދެ އެއާކްރާފްޓް ކެރިއަރުގެ ތެރެއިން ފުރަތަމަ އުޅަނދަކީ ސޯވިއެޓް ޔޫނިއަންގައި އުފައްދާފައިވާ އެއްޗެއް ކަމަށާއި، ދެވަނަ އުޅަނދު ޗައިނާގައި އުފެއްދި ނަމަވެސް، އެއީވެސް ސޯވިއެޓް މޮޑެލްއަކަށް ބިނާކޮށްފައިވާ އުޅަނދެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މި އާ އެއާކްރާފްޓް ކެރިއަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަސްކަރީ ހިންގުންތައް ޒަމާނީކޮށް، ފުޅާކުރުމުގެ މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. 2035 ވަނަ އަހަރުގެ ނިޔަލަށް ޒަމާނީ އަސްކަރިއްޔާއެއް ބިނާކުރުމަށާއި، މި ގަރުނުގެ މެދެއްހާ ތާނގައި ދުނިޔޭގެ ފެންވަރުގެ އަސްކަރިއްޔާއަކަށްވުމަށް ޗައިނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް