ads
ފާތިމާ ބޮޝް
މިސް ޔުނިވާސް ހާޖާނު ހަނޑަށްފަހު ފާތިމާ އެނބުރި ސްޓޭޖަށް
މިސް ޔުނިވާސް 2025 ގެ އެއް ހަރަކާތެއްގެ ތެރެއިން، މިސް ޔުނިވާސް ތައިލެންޑްގެ ޑިރެކްޓަރު، ނަވާތް އިޓްސަރަގްރިސިލް، އާންމުކޮށް ލައިވް-ސްޓްރީމް ކުރަމުން ދިޔަ އިވެންޓެއްގައި މިސް މެކްސިކޯ، ފާތިމާ ބޮޝް އަށް "ޑަމީ" އޭ ކިޔައި ބުލީކުރުމުން، ހިނގި ބޮޑު ޑްރާމާއަށް ފަހު، ބޮޝް އަލުން ސްޓޭޖަށް އަރައިފިއެވެ.
Advertisement

މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ބޮޝްގެ ހިތްވަރުގަދަ ކަމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

މި ހާދިސާ ހިނގީ، ލައިވް-ސްޓްރީމްގެ ތެރެއިން ނަވާތް ކުރި ސުވާލަކަށް ބޮޝްއަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަވާތްގެ މި އަމަލާ ގުޅިގެން އެތަނުގައި ތިބި އެހެން ބައެއް ރާނީން ވަނީ އެކަމާ ދެކޮޅު ހަދައި، ބޮޝްއާ އެކު އެއްބައިވަންތަކަން ދައްކައި ސްޓޭޖުން ފައިބާފައެވެ. މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު ހަލަބޮލިކަމެއް އުފެދި، ނަވާތްގެ އަމަލު ގިނަ ބަޔަކު ކުށްވެރި ކުރިއެވެ.

މި ހިތްދަތި ހާދިސާއަށް ފަހު، މިސް ޔުނިވާސްގެ ޖެހިގެން އޮތް ހަރަކާތުގައި ބޮޝް ސްޓޭޖުމަތިން ފެނިގެން ދިޔައީ، އޭނާގެ ޖަޒުބާތުތައް ފޮރުވަން މަސައްކަތް ކުރަމުން ދިޔަ ހާލުގައެވެ. އޭނާގެ ލޮލުން ކަރުނަ ފެނުނު ނަމަވެސް، އޭނާގެ ހިތްވަރުގަދަ ކަމާއި، މުބާރާތުގައި ކުރިއަށް ދިއުމަށް އޭނާ ދެއްކި ސާބިތުކަމަށް ގިނަ ބަޔަކު ދަނީ ސާބަސް ދެމުންނެވެ. ބޮޝްގެ ސަޕޯޓަރުން ބުނާ ގޮތުގައި، މިއީ އޭނާގެ ވަރުގަދަ ޝަހުސިއްޔަތު ދައްކުވައިދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް