ads
ޑީސީޕީ ފަރުހާދު(ވ) އަދި އޭސީޕީ ސިފާން (ކ)
އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދުއާ ގުޅުން ހުރި މައްސަލަ 241 ކޮމިޓައަށް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި އެވެ. 

އެ ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ފަރުހާދު އާއި ޝިފާންގެ ކިބައިން ފެންނަމުންދާ ބައެއް  ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރާ ކަމަށެެވެ.

ޝިފާން އާއި ފަރުހާދު ހިންގާ ކަންކަމުގެ ސަބަބުން ފުލުހުންގެ ޒިންމާ އާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދި އެ މުއްސަސާ ފެއިލްވެ ގައުމީ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވާ ވެ އެވެ 

އެ ސިޓީއާއެކު ޝިފާންގެ މައްޗަށް އެތަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އެގޮތުން މިސްކޮންޑަކްޓުގެ މައްސަލަތަކަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކެއްގެ ވާހަކަ ވަނީ މި ސިޓީގައި ދައްކާފައި އެވެ. މީގެ އިތުރުން އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒިފަކަށް ޖިންސީ ފުރަސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގެ ވާހަކަ ވެސް މި ސިޓީީގައި ފާހަގަ ކޮށްފައިވެ އެވެ. 

ފަރުހާދުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކުގެ ތެރޭގައި ފުލުހުން ތަހުގީގު ކުރަމުންދިޔަ މައްސަލައެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ހުއްޓުވުމާއި އޭނާގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ފަރުހާދު ނައްތާލި ކަމަށެެވެ

މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި އެދިފައި ވަނީ އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށާއި އެ މައްސަލަތަކުގައި ޝިފާން އާއި ފަރުހާދުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތީ ކީއްވެތޯ ބެލުމަށްފަހު އެ ދެމީހުންނަށް ފިޔަވަޅު އަޅައިދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް