އުމުރުން 28 އަހަރުގެ ކައިލީ ވަނީ ހުދު ކުލައިގެ ރީތި ކިޓަންއެއްގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ކައިލީ މިކަން ހާމަކޮށްފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ޕޯސްޓުކުރި ވީޑިއޯތަކެއްގައެވެ. އެ ވީޑިއޯތަކުން ފެންނަނީ ކިޓަން އޭނާގެ ގޭތެރޭގައި ހިނގާ، ގޮވާހަދާ މަންޒަރެވެ. އަދި އެހެން ވީޑިއޯއެއްގައި ކެމެރާއަށް ބަލަހައްޓައިގެން އިނދެ އޭގެ އަތްފައި ސާފުކުރާ މަންޒަރުވެސް ފެނެއެވެ. މި އާ ބުޅަލީ ނޯމަން މަރުވުމުގެ ހިތާމައިން އަރައިގަތުމަށް ކައިލީއަށް ލިބުނު ހިތްހަމަޖެހުމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކައިލީގެ ކުރީގެ ލޯބިވާ ނޯމަން މަރުވިކަން އޭނާ އިއުލާންކުރަމުން ބުނީ ނޯމަންއަކީ ކައިލީގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމަށެވެ. އޭނާގެ މަރަކީ ކައިލީއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އާ ކިޓަންގެ އައުމާއެކު، ކައިލީގެ ހަޔާތަށް އަލުން އުފާވެރިކަން ލިބިގެންދާނެކަމަށް އޭނާގެ ސަޕޯޓަރުން އުއްމީދުކުރެއެވެ.