ads
އަހްމަދު ޝިފާން
ޝިފާނަށް ކުރަނީ ބަދުއަހުލާގީ އާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ މައްޗަށް މަޖިލިހަށް ހުށައަޅާފައިވަނީ ފުލުހުންގެ އަންހެން މުވަައްޒަފުންނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާއެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާ އެކު ގަދަކަމުން ބަދަލުއަހުލާހީ އަމަލުތަކެއް ހިންގުމުގެ ތުހުމަތުތަކެއްކަން އެނގިއްޖެއެވެ.
Advertisement

އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ވަނީ ހުށައަޅާފައެވެ. 

މި މައްސަލަތައް ހުށަހަޅާފައި ވަނީ، ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރަކު ވިސްބްލޯވަރުންގެ ގޮތުގައި މަޖިލީހަށް ފޮނުވި ސިޓީއެއްގައެވެ. މި ސިޓީވަނީ މަޖިލީހުގެ 241 ކޮމިޓީގެ އިތުރުން ސިޓީގެ ކޮޕީއެއް ރައީސް އޮފީހަށާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ބައެއް ނޫސްތަކާއި މިނިވަން މުއައްސަސާތަކަށް ވެސް ފޮނުވާފައިވެއެވެ.

މި ސިޓީގައިވާ ގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އޭނާ ފުލުހުންގެ ވަޒީފާގައި ހޭދަކުރި މިދިޔަ 16 އަހަރު ތެރޭ ގާނޫނާ ހިލާފަށް އަދި ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ގިނަ އަމަލުތަކެއްކޮށްފައިވާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. 

މިގޮތުން އޭނާގެ މައްޗަށް ވަނީ ބަދުއަހުލާގީ މައްސަލަތަކެއްވެސް  ތުހުމަތުކޮށްފައެވެ. އެގޮތުން ޝިފާންގެ ދަށުން ފުލުހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން، ފިރިހެން މުވައްޒަފުންގެ އަނބިން އަދި ރަސްމީ މަސައްކަތުގެ ތެރެއިން ގުޅުން އުފެދޭ އެހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުން ހުރި މައްސަލަތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ. 

ޝިފާނަށް ތުހުމަތުކުރެވޭ ބަދު އަހުލާގީ މައްސަލަތައް 

  • އައްޑޫގައި ގާއިމްކޮށްފައިވާ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް 2014ގައި ޝިފާން ހުންނެވި ދުވަސްވަރު، އެތަނުގައި މަސައްކަތް ކުރި އަންހެން ފުލުހަކަށް ތަކުރާރުކޮށް ޖިންސީ އުނދަގޫކޮށް، ގަދަކަމުން އޭނާއާ އެކު ބަދައަހުލާގީ އަމަލު ހިންގާފައިވޭ؛ ޝިފާންގެ ހުށަހެޅުންތަކަށް އެ މުވައްޒަފު އިޖާބަ ނުދިނުމުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ މުވައްޒަފާ މެދު ތަފާތުކޮށް ކަންތައްތަކޮށްފައިވުން. 

  • ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ ތަހުގީގަކަށް 2018ގެ ޖޫން ކުރީކޮޅު ކުރި ރަސްމީ ދަަތުރެއްގައި މެލޭޝިއާއަށް ޝިފާން ގޮސްފައި ވަނީ، ފުލުހެއްގެ އަނބެއް ގޮވައިގެން؛ އޭގެ ސަބަބުން އެ އަންހެން މީހާ އާއި ފުލުސް އޮފިސަރުގެ ކައިވެނި ރޫޅިފައިވޭ އަދި އެ ދަތުރުގައި ޕޮލިސް ބަޖެޓުން 4،020 ޑޮލަރު (61،990 ރުފިޔާ) އެ އަންހެން މީހާއަށް ޝިފާން ހަރަދުކޮށްގެން، އެ ފައިސާ ދެއްކުމަށް އޭރު އަންގާފައިވޭ.

  • ޑެޕިއުޓީ ކޮމިޝަނާއަށް ހާސްކޮށްފައިވާ އޮފީސް ތެރޭގައި 13 ޖުލައި 2018ގައި ދެ އަންހެން މުވައްޒަފަކާ އެކު ބަދަލުއަހުލާގީ އަމަލު ހިންގާފައިވޭ؛ އަދި މިކަން ކޮށްފައިވަނީ އޭރު އޭނާ އޮފީސް އޮފް ފަ ކޮމިޝަނާގެ ހެޑްގެ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ މަސްއޫލިއްޔަތު ތެރެއިން ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން.

  • މިދިޔަ އަހަރު ތެރޭ އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރެއްގެ މަގާމަށް އަލަށް ވެއްދި އުމުރުން 18 އަހަރުގެ އަންހެނަކަށް ޝިފާންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވުން. އޭރު ޝިފާންއަކީ އެ ޑިޕާޓްމަންޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ވެރިޔާ. 

މީގެ އިތުރުން ކޮރަޕަޝަންއަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ޝިފާނާއި ދެކޮޅަށް ވަނީ ހުށައަޅާފައެވެ. އަދި ފުލުހުންގެ ސުލޫކާއި ހިލާފު މައްސަލަތަކެއްވެސް ވަނީ އެ ސިޓީގައި ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް