ads
އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ
ޑީސީޕީ ފަރުހާދަށް ރޭޕް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހުމަތު
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ފަރުހާދު ފިކުރީ، އޭނާގެ ދަރިފުޅުގެ މައްޗަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގެ ހެކިތައް ނައްތާލާފައިވާ ކަމަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ތުހުމަތުކޮށްފި އެވެ.
Advertisement

މި ތުހުމަތުތައް ކޮށްފައިވަނީ، ވިސުލްބްލޯވަރުންގެ ގޮތުގައި ފުލުހުންގެ 11 އޮފިސަރަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ސިޓީއެއްގަ އެވެ. އެ ސިޓީގައި ފަރުހާދު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ދަރިފުޅު ހިންގި ޖިނާއީ ކުށްތަކެއްގެ ހެކި ފޮރުވައި، ތަހުގީގަށް ހުރަސް އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޮފިސަރުންގެ ސިޓީގައިވާ ގޮތުން، ފަރުހާދުގެ ދަރިފުޅު 2018 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގަށް ހިފެހެއްޓި ފޯނެއްގައި ހުރި ވީޑިއޯއާއި ފޮޓޯތައް އޭނާ ވަނީ ނައްތާލާފަ އެވެ. މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހެކިތައް ނައްތާލާފައިވާކަން ފާހަގަކޮށް، ފަރުހާދުގެ ބައިވެރިވުން އެކަމުގައިވާ މިންވަރު ބަޔާންކޮށް ފިޔަވަޅު އެޅުމަށް ޕީޖީ އޮފީހުން ފުލުހުންނަށް އަންގާފައިވާ ކަމަށްވެސް އެ ސިޓީގައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި ފަރުހާދާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވިސުލްބްލޯވަރުން ފާހަގަކުރެ އެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަރުހާދުގެ ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ، ޓްރެފިކް ގަވާއިދުތަކާ ހިލާފުވެ ފުލުހަކަށް ހަމަލާދިން މައްސަލައެއްވެސް ފަރުހާދު ވަނީ ނުފޫޒު ބޭނުންކޮށްގެން ހުއްޓުވާފަ އެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ދަރިފުޅުގެ ސައިކަލު ޓޯޔާޑުން ނެރެ، އެ މައްސަލަ ބެލި އޮފިސަރަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް ވިސުލްބްލޯވަރުންގެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ. މިއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފަރުހާދު ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލަތަކެއްގެ ތެރެއިން އެއް މައްސަލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް