އަނބިމީހާގެ އުފަން ދުވަސް ފާހަގަކުރަމުން އޭނާ ވަނީ ހާއްސަ ފޮޓޯއެއް އާންމުކޮށްފައެވެ. މި ފޮޓޯއަކީ އެ ދެމަފިރިންގެ ގާތް ރަހުމަތްތެރިޔާ ކަމަށްވާ މޮޑެލް ކެންޑަލް ޖެނާގެ އުފަންދުވަހުގެ ޕާޓީގައި ނަގާފައިވާ ފޮޓޯއެކެވެ.
ޖަސްޓިން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި މި ފޮޓޯއިން ފެންނަނީ ކެންޑަލް ޖެނާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން ޖަސްޓިން އާއި ހެއިލީ ވަރަށް ގާތްކޮށް ތިބި މަންޒަރެކެވެ. މި ފޮޓޯއިން އެ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބިވެތި ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
ޖަސްޓިން އާއި ހެއިލީއަކީ ސޯޝަލް މީޑިއާގައި އެމީހުންގެ ގުޅުމުގެ ފޮޓޯތައް ގިނައިން ހިއްސާކުރާ ދެމަފިރިންނެވެ. އެމީހުންގެ މިފަދަ ފޮޓޯތަކަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. ކެންޑަލްގެ އުފަންދުވަހުގެ ޕާޓީން އާންމުކުރި މި ފޮޓޯއަށް ވެސް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.