ads
ޑެވީނާ މެކޯލް
ޓީވީ ޕްރެސެންޓަރު ޑެވީނާ މެކޯލް ކެންސަރަށް ސާޖަރީއެއް ކޮށްފި
ފާހަގަކޮށްލެވޭ ޓީވީ ހޯސްޓް، ޑެވީނާ މެކޯލް، އޭނާ އަށް ޖެހިފައިވާ އުރަމަތީގެ ކެންސަރަކަށް ސާޖަރީއެއް ކޮށްފައިވާކަން ހާމަކޮށްފިއެވެ.
Advertisement

އުމުރުން 58 އަހަރުގެ ޑެވީނާ މިކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓްކުރި ވީޑިއޯއެއްގަ އެވެ.

ޑެވީނާ ބުނީ، އޭނާގެ އުރަމަތީގައި ގަނޑެއް އުފެދިފައިވާކަން އެނގުނީ އަމިއްލައަށް ޗެކް ކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެއީ ވަރަށް ކުޑަ ގަނޑެއް ކަމަށާއި، ވަރަށް އަވަހަށް ފެނުމަކީ ނަސީބެއް ކަމަށް އޭނާ ފާހަގަކުރި އެވެ. "މިކަން އެނގުމުން ފުރަތަމަ ވަރަށް ރުޅި އައި ނަމަވެސް މިހާރު ހުރީ ވަރަށް ހެޔޮ ހާލަތެއްގައި،" ޑެވީނާ ބުންޏެވެ.

ލަންޑަންގެ ރޯޔަލް މާސްޑެން ހޮސްޕިޓަލުގައި ލަމްޕެކްޓޮމީއެއް ހެދިކަން ހާމަކޮށް ޑެވީނާ ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ ގަނޑު ނަގާފައިވާތީ އާއި، ކެންސަރު އިތުރަށް ފެތުރިފައި ނެތުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ހުރިހާ އަންހެނުންވެސް އުރަމަތި ޗެކްކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް