ads
ހަނިމާދޫ އެއާޕޯޓުގައި ހުޅުވި ޑޮލަރު އޭޓީއެމް
ހަނިމާދޫ އެއާޕޯޓަށް ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ނެގޭނެ އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް ގާއިމްކޮށްފި އެވެ.
Advertisement

އެ ދެ ހިދުމަތް އިފްތިހާހުކޮށްދެއްވީ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ކުލަގަދަ ރަސްމީޔާތުގެގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުކުރެ އެވެ. 

އެހެންވެ، ބީއެމްއެލުން ބުނީ، އެ އެއާޕޯޓުގައި ޑޮލަރު ކައުންޓަރެއް ހުޅުވުމަކީ ލިބުނު ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު، ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ  ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލު ވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަހަންމީޔަތުކަން ދޭ މިންވަރު ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ. 

އުތުރުގެ ޓޫރިޒަމާއި ތަރައްގީއަށް އާ ދޮރުތަކެއް ހުޅުވައިދެމުން، އަހަރަކު 1.3 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް ހުޅުވާފައިވަނީ ރޭގައި އެވެ.

އާ އެއާޕޯޓާއެކު، 2465 މީޓަރުގެ ދިގު ރަންވޭއެއް ވަނީ ގާއިމްކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުރިން އެއާޕޯޓަށް ޖެއްސޭ ވަރަށް ވުރެ ބޮޑެތި، އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް މިހާރު ހިދުމަތް ދެވޭނެ އެވެ. މީގެ އިތުރުން، ދިވެހިވަންތަ ކަމުގެ ނިޝާންތަކާއެކު ފަރުމާކޮށްފައިވާ 10،380 އަކަމީޓަރުގެ ޓާމިނަލްގައި، އަތޮޅުތެރޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖެއްވެސް ވަނީ ބޭނުންކުރަން ފަށާފަ އެވެ. އަދި އެއްފަހަރާ ނުވަ މަތިންދާބޯޓު ޕާކު ކުރެވޭނެ އޭޕްރަންއެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.

މިއީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ދެ ބިލިއަން ރުފިޔާ (136.6 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމި މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އުތުރުގެ ރަށްތަކުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ޓޫރިޒަމް ސިނާއަތް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއާއި، ރާއްޖޭގެ މިނިސްޓަރުންނާއި، ބޮޑުތިލަދުންމަތީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް